އިންޑިއާގެ ބްރިޖަކުން ބައެއް ވެއްޓި ނުވަ މީހަކު މަރު

އިންޑިއާގެ ގުޖުރާތުގެ ވަދޮދަރާ ޑިސްޓްރިކްޓްގެ މާހީސަގަރު ކޯރު މަތިން ގާއިމުކޮށްފައި އޮންނަ ގަމްބީރާ ބްރިޖުގެ ބައެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހާދިސާ ހިނގާފައ...

09 Jul 2025 | 09:47

އިންޑިއާގެ ގުޖުރާތުގެ ވަދޮދަރާ ޑިސްޓްރިކްޓްގެ މާހީސަގަރު ކޯރު މަތިން ގާއިމުކޮށްފައި އޮންނަ ގަމްބީރާ ބްރިޖުގެ ބައެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ބްރިޖުގެ ބައެއް ވެއްޓި ބައެއް ވެހިކަލްތައް ކޯރުގެ ތެރެއަށް ވެއްޓުނެވެ. އެކަމުގެ ސަބަބުން ނުވަ މީހަކު މަރުވެ ހަ މީހަކު ޒަޚަމްވެފައިވާއިރު މީހުން ސަލާމަތް ކުރުމާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އިންޑިއާ މީޑިއާއިން ބުނެއެވެ.

އެ ބުރިޖުން ބައެއް ވެއްޓުނީ ބުރިޖު ބާވެ އަޅާނުލެވި އެއްވެސް މަރާމާތެއް ނުކުރާތީ ކަމަށްބުނެ އެ ސަރަހައްދުގެ އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ބްރިޖަކީ1985ގައި ހުޅުވި ބްރިޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް