ޖިނާއީ މައްސަލަކުގައި މަސައްކަތް ކުރަން ރާއްޖެއާއި ސްރީ ލަންކާއާއި ދެމެދު ވާ އެއްބަސްވުމަށް ލަންކާގެ ކެބިނެޓުންވެސް ރުހުން ދީފިއެވެ.
ލަންކާގެ މީޑިއާތަކުގައި މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި ލަންކާގެ ކެބިނެޓުން އެކަން މިއަދު ވަނީ ފާސްކޮށްފައެވެ.
ލަންކާގެ ކެބިނެޓުން މި އެއްބަސްވުން ފާސްކޮށްފައިވާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެ އެއްބަސްވުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ވަނީ ރުހުން ދީފައެވެ.
އޭރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވާގޮތުގައި އެ އެއްބަސްވުމަކީ ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް ގުޅުން ދެމެހެއްޓުމާއެކު ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ޤައުމުން އަނެއް ޤައުމަށް ދިނުމުގެ ބޭނުމުގައި ހަދާ އެއްބަސްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް