ބޯ ކަޅު ކުރުން ހުއްދަ: ފަތުވާ މަޖިލިސް

އިސްތަށިގަނޑު ކަޅު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ. އެ މަޖިލީހުން  އާއްމުކުރި ފަތުވާގައި ބުނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ...

09 Jul 2025 | 09:11

އިސްތަށިގަނޑު ކަޅު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

އެ މަޖިލީހުން  އާއްމުކުރި ފަތުވާގައި ބުނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށެވެ.

"އެއީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔު އަދި ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔު" އެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މި ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށާއި އެ މައްސަލާގައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދާއި ކަމަށާއި އެއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް އެ ފަތުވާގައި ބުނެފައި ވެއެވެ.

އަދި އެ ފަތުވާގައި ވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ބުނެފައެވެ.

އެހެންކަމުން އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް