މިސްކިތުގައި ނަށާ ވީޑިއޯއިން ފެންނަ ކުދިންނަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވަނީ

މިސްކިތުގައި ނަށާ ވީޑިއޯއިން ފެންނަ ކުދިންނަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވާން ނިންމައިފިއެވެ. އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ޏ.ފުވައްމުލަކުގެ މިސްކިތެއްގެ ތެރޭގައި ހުކުރަށް ދ...

09 Jul 2025 | 05:11

މިސްކިތުގައި ނަށާ ވީޑިއޯއިން ފެންނަ ކުދިންނަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވާން ނިންމައިފިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ޏ.ފުވައްމުލަކުގެ މިސްކިތެއްގެ ތެރޭގައި ހުކުރަށް ދިޔަ ކުދިންތަކެއް ޓިކްޓޮކްގައި މިހާރު ޓްރެންޑްވަމުން އަންނަ ލަވަޔަކަށް ނަށާ މަންޒަރު ވަނީ އާންމުވެފައެވެ.

އެކަމަށް އިޝާރަތްކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތަކަށް ވާއިރު އެތަންތަނުގައި ނަށައި، އެތަންތަނާ ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަންކަން ނޫން ކަމަށެވެ.

އަދި އެ ކުދިންނަށް މިނިސްޓްރީން ނަސޭހަތްތެރިވާނެ ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް