އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ކުރިއަށް އޮތްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވަން ސަރުކާރުން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް އެވެ.
ހަލީމް ވިދާޅުވީ އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ކުރައްވަމުން އަންނަ ކަމަށެވެ.
އެގޮތުން އާސަންދައިން ކަނޑައެޅިފައި އިންނަ އަދަދުގެ ތެރެއިން، ފުރަތަމަ އައިޖީއެމްއެޗްގައި އައިނު ހަދަން މި މަހުގެ ތެރޭގައި ފިހާރަ ހުޅުވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
"މިކަން އިތުރަށް ފުޅާކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި އަދި މުސްތަގުބަލުގައި ރީޖަނަލް ހޮސްޕިޓަލުތަކުގައި ސަރުކާރުން އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ" ހަލީމް ވިދާޅުވިއެވެ.
ސަރުކާރުން އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ މި އަހަރުގެ މެއި 31 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް