ޗެލްސީ 2-0 ފްލޫމިނެންސެ: ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

ނިއު ޖާރސީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލްގައި ޗެލްސީއިން ފްލޫމިނެންސެއާ ދެކޮޅަށް 2-0 އިން މޮޅުވެ، ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގެ ހީރޯއަކަށް ވެގެން ދިޔައީ...

08 Jul 2025 | 23:31

ނިއު ޖާރސީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލްގައި ޗެލްސީއިން ފްލޫމިނެންސެއާ ދެކޮޅަށް 2-0 އިން މޮޅުވެ، ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގެ ހީރޯއަކަށް ވެގެން ދިޔައީ ކްލަބާއި އަލަށް ގުޅުނު ޖޮއާއޯ ޕެޑްރޯއެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ބްރައިޓަން އިން 60 މިލިއަން ޕައުންޑަށް އެންމެ ފަހުން ގަނެގެން ގެނައި  22 އަހަރުގެ ޕެޑްރޯ ވަނީ 18 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ އިން ބޭރުން ހެދި ޝޮޓަކުން ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި 56 ވަނަ މިނެޓުގައި ފުރިހަމަ ކައުންޓަރ އެޓޭކެއްގެ ތެރެއިން ދެވަނަ ލަނޑު ޖަހާފައެވެ. މިއީ އޭނާ މަތީ ފެންވަރުގެ އެއްވެސް މެޗެއްގައި ޕެނަލްޓީ އޭރިއާއިން ބޭރުން ޖެހި ފުރަތަމަ ލަނޑުތަކެވެ.

ފްލޫމިނެންސެއިން އިންވެސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ގޯލް ލައިނުން ސާފުކުރަން ޖެހުނު ޝޮޓަކާއި ވީއޭއާރުން ބާތިލްކުރި ޕެނަލްޓީއެއްފަދަ ނުރައްކާތެރި ވަގުތުތަކެއް ފްލޫމިނެންސެއިން ވަނީ މި މެޗުގައި ކުރިމަތިކުރުވާފައެވެ. ނަމަވެސް ޗެލްސީގެ ދިފާއު ފަޅާލުމަށް އެ ޓީމަށް ނުކުޅެދުނެވެ. ޓްރެވަރ ޗަލޯބާގެ އަތުގައި ބޯޅަ ޖެހުމަކީ ގަސްތުގައި ކުރި ކަމެއް ނޫންކަމަށް ވީއޭއާރުން ނިންމިއެވެ.

މާކް ކުކުރެއްލާ ވަނީ މުހިންމު ކްލިއަރެންސްއެއް ހަދާފައެވެ. އަދި މިޑުފީލްޑުގެ ކުޅުންތެރިންކަމުގައިވާ އެންޒޯ ފަރނާންޑެޒް އާއި މޮއިސެސް ކައިސެޑޯ ވަނީ މެޗު ކޮންޓްރޯލްކޮށް ޗެލްސީގެ ދިފާއު ރައްކާތެރިކޮށްދިން ކަމަށްޓަކައި ތަޢުރީފު ލިބިފައެވެ.

ޗެލްސީ މިހާރު މަޑުކުރަނީ ޕެރިސް ސެއިންޓް-ޖަރމޭން އާއި ރެއަލް މެޑްރިޑްގެ މެޗުގެ ނަތީޖާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް