އޮންލައިންކޮށް ބެޓްކުރާ ވެބްސައިޓްތައް ރާއްޖެއިން ބްލޮކްކުރަން ފަށައިފި

އޮންލައިންކޮށް ބެޓްކުރާ ވެބްސައިޓްތައް ބްލޮކްކުރަން ދިވެހި ފުލުހުން ކޭމް އަށް ހުށަހަޅައިފިއެވެ. މިކަމާއި ގުޅޭގޮތުން ބަހެއް ހޯދާލަން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އަށް ގުޅާލުމަށް ކުރި މަސައްކަތ...

09 Jul 2024 | 18:58

އޮންލައިންކޮށް ބެޓްކުރާ ވެބްސައިޓްތައް ބްލޮކްކުރަން ދިވެހި ފުލުހުން ކޭމް އަށް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅޭގޮތުން ބަހެއް ހޯދާލަން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އަށް ގުޅާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެހެންނަމަވެސް ސަން އޮންލައިނަށް މައުލޫމާތުދެމުން ޝިފާން ވިދާޅުވެފައިވަނީ އެފަދަ ހަތަރު ސައިޓެއް ބްލޮކްކުރުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައިވާނެކަމަށެވެ.

އެ ހުށަހެޅުމާއި ގުޅިގެން ބައެއް ވެބްސައިޓްތައް މިހާރުވަނީ ބްލޮކްވެސް ކޮށްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ބޭނުންކުރާ ކިރާ ބެޓް ވެބްސައިޓްވެސް ހިމެނެއެވެ.

އެހެންނަމަވެސް ކިރާ ބެޓުން މިހާރު ވަނީ އެމީހުން ވެބްސައިޓްގެ ޔޫއާރްއެލް އެހެން ޔޫއާރްއެލްއަކަށް ބަދަލުކޮށް ބެޓްކުރާ ފަރާތްތަކާ އަލުން ހިއްސާކޮށްފައެވެ.

މި ފަހަކަށް އައިސް އޮންލައިންކޮށް ބެޓް ކުރުމާއި ޖުވާއަށްވާފަދަ ގޭމްތައް ކުޅުން ވަނީ އާއްމުކަމަކަށް ވެފައެވެ. އަދި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިކަމަށް ދެވި ހިފާފައިވާކަންވެސް މިހާރަކަށް އައިސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް