ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ބިދޭސީއަކު ހުއްޓުވައިފި

ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހަތަރު ބިދޭސީއަކު ހުއްޓުވައިފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ އެ ހަތަރު މީހުން ހުއްޓުވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށާއި އެމީހުން ރާއްޖެ އެތެރެވާން މަސައްކ...

09 Jul 2024 | 14:23

ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހަތަރު ބިދޭސީއަކު ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ހަތަރު މީހުން ހުއްޓުވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށާއި އެމީހުން ރާއްޖެ އެތެރެވާން މަސައްކަތްކުރީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕޯސްޕޯޓުތަކެއް ބޭނުންކޮށްގެން ކަމަށެވެ.

"ނަކަލުކޮށްފައިވާ (Counterfeit) ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން 03 ޖުލައި 2024 ވީ ބުދަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 04 ބިދޭސީން ވަނީ ހުއްޓުވާފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.

އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ހަތަރު ބިދޭސީއަކު ހުއްޓުވާފައިވާއިރު ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެ ފަރާތްތައް ޤަވާއިދުގެ ތެރެއަށް ފެއްތުމަށާއި އަދި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަންސްތަކެއް ކަރެކްޝަންސް އިން އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް