ވޭންއެއްގައި ހިނގި ހާދިސާއަކީ ނުރައްކާތެރި ގޮވުމެއް ނޫން: ސަލާމަތީ ޚިދުމަތްތައް

ވޭނެއްގައި ހިނގި ހާދިސާއަކީ ނުރައްކާތެރި ގޮވުމެއް ނޫން ކަމަށް ސަލާމަތީ ޚިދުމަތްތަކުން ބުނެފިއެވެ. މިއަދު މެންދުރު ގަލޮޅު ކަންމަތީގައި ޕާކް ކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވުމާއި ގުޅިގެން އެ ސަރަހަ...

09 Jul 2024 | 10:07

ވޭނެއްގައި ހިނގި ހާދިސާއަކީ ނުރައްކާތެރި ގޮވުމެއް ނޫން ކަމަށް ސަލާމަތީ ޚިދުމަތްތަކުން ބުނެފިއެވެ.

މިއަދު މެންދުރު ގަލޮޅު ކަންމަތީގައި ޕާކް ކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވުމާއި ގުޅިގެން އެ ސަރަހައްދުގައި ވަނީ ދިިވެހި ސިފައިންނާއި ދިވެހި ފުލުހުން ހަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން ބުނީ، ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބުމުން އެ ފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާއި އެއްގޮތަށް އެމްއެންޑީއެފުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމަށް ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ. އަދި އެ ހާދިސާއަކީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން އެމްއެންޑީއެފުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާތީ، އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމުން ސީން މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ވޭން ގައި ހިނގި ހާދިސާއަކީ ނުރައްކާތެރިގޮވުމެއް ނުވަތަ ގޮވުމުގެ އަޑެއް ނޫން އެމްއެންޑީއެފްއިން ވަނީ ޔަގީން ކޮށްދީފަ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަދި އެއްޗަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސަލާމަތީ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް