ބޮޑު މުސާރައިގާ ސިޔާސީ މަގާމުތަކަށް މީހުން ނެގުމާއި އާދައިގެ މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރު

ބޮޑު މުސާރައިގާ ސިޔާސީ މަގާމުތަކަށް މީހުން ނެގުމާއި އާދައިގެ މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީއިން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއ...

09 Jul 2024 | 07:28

ބޮޑު މުސާރައިގާ ސިޔާސީ މަގާމުތަކަށް މީހުން ނެގުމާއި އާދައިގެ މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީއިން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ބަހުސްކުރުމަށް 35 މެންބަރުންގެ ވޯޓު ބޭނުންވާ އެ ކުއްލި މައްސަލަ ބޭރުކޮށްލީ ނުފެންނަކަމަށް 57 މެންބަރުންގެ ވޯޓާއެކުގައެވެ. ފެންނަކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރުމުގައި ހިންގަނީ ޖަރީމާއެއްކަމުގައި ސިފަކޮށްފައިވެއެވެ. އެގޮތުން ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަކިކުރާއިރު ބޮޑު މުސާރައިގާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކަށް މުވައްޒަފުން ނަގާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އާރްޑީސީއިން އާދައިގެ މުވައްޒަފުންތަކެއް ވަކިކުރި ދުވަހު 35 ހާހުން މަތިން މުސާރަ ލިބޭހެން ދެ ކޮންސަލްޓެންޓަކު ނެގި ކަމާއި ކޫއްޑޫއިން އާދައިގެ މުވައްޒަފުންތަކެއް ވަކިކޮށްފައިވާއިރު 19 ވަނަ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރަށް 43500 ރުފިޔާ މުސާރަލިބޭ، ސްޓޭޓް މިނިސްޓަރުގެ މަގާމު ދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް