މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ފިހާރަތަކެއް ހިންގަމުންދިޔަ ބިދޭސީއަކު ހިމެނޭހެން ފަސް ބިދޭސީއަކު އަތުލައިގެންފި

މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ފިހާރަތަކެއް ހިންގަމުންދިޔަ ބިދޭސީއަކު ހިމެނޭހެން ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ...

09 Jul 2024 | 06:56

މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ފިހާރަތަކެއް ހިންގަމުންދިޔަ ބިދޭސީއަކު ހިމެނޭހެން ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ބިދޭސީއެއް ހޯދުމަށް ރޭ 23:30 އާއި 00:30 ދެމެދު ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްގެންދެވުނު ކަމަށެވެ.

"މި ބިދޭސީ މީހާ އާއި އެކު އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ތިން ފިރިހެނަކާއި، އަންހެނަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން މިފަދަ ގިނަ އޮޕަރޭޝަންތަކެއް ފާއިތުވި ހަފްތާއެއްހާދުވަހުގެ ތެރޭގައި ހިންގާފައިވެއެވެ. އެގޮތުން ރޭގައި ހިންގި މިފަދަ އިތުރު އޮޕަރޭޝަނެއްގައި ހަތަރު ބިދޭސީއަކު އޭގެ ކުރީ ދުވަހު ހަތް ބިދޭސީއަކު އަދި އޭގެ ކުރީދުވަހު އަށް ބިދޭސީއަކު އަތުލައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް