މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން މުހައްމަދު ބައްސާމް އާދަމް ވަކިކޮށްފިއެވެ.
ބައްސާމް އެ މަޤާމުން ވަކިކޮށްފައިވަނީ އެ ކުންފުނިން އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައެވެ.
ބައްސާމްގެ އިތުރުން އެ ކުންފުނީގައި ގިނަ ދުވަސްވި މުވައްޒަފަކުވެސް އިއްޔެގެ އެ ބޯޑު ބައްދަލުވުމުން ވަކިކޮށްފައިވެއެވެ. އެއީ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އިބްރާހިމް އާސިމް (އައިބީ) އެވެ.
މިކަމާއި ގުޅޭގޮތުން ބައްސާމް އަދި އައިބީގެ ބަހެއް ދުވަހަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ދައުރު ނޫހަށް މަޢުލޫމާތުދެމުން އައިބީ ބުނެފައިވަނީ މަޤާމުން ވަކި ކުރި ސަބަބެއް އަދި އަންގާފައިނުވާކަމަށެވެ.
މި ކަމާއި ގުޅޭގޮތުން އެމްއެމްޕީއާރްސީގެ ރަސްމީބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
ޑީއެމްޑީގެ މަގާމުގައި ހުންނެވި ބައްސާމް ވަކިކޮށްފައިވާއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަކިކޮށް މިހާރު މެނޭޖިން ޑިރެކްތަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ އިބްރާހިމް ޝިއުރީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް