ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހަށް ހާޒިރުވުމަށް އަންގައި މީހެއްގެ ވަނަވަރު ދިވެހި ފުލުހުން ހާމަކޮށްފިއެވެ.
އެގޮތުން މިއަދު ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު:
މުޙައްމަދު ޝަރޫޖު އާދަމް، ކ. މާލެ/ މއ. ނިކަގަސްދޮށުގެ (38އ)
އައިޑީ ކާޑު ނަންބަރު:
A103624
ހާޒިރުކުރެވޭ ހައިސިއްޔަތު:
މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ފުލުހުން ބުނެފައިވަނީ 16 ޖުލައި 2024 ވަނަ ދުވަހުގެ 10:00 އަށް މުޙައްމަދު ޝަރޫޖު އާދަމް، އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް