ދަ ޑިމޮކްރެޓްސް ރަޖިސްޓަރ ކުރަން ބޭނުންވާ ލިޔެކިޔުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޑިމޮކްރެޓްސްއިން ލިޔެކިޔުންތައް އީސީއަސް ހުށަހަޅާފައި ވާއިރު، ޑިމޮކްރެޓްސްގެ ޖަގަހަ މިރޭ ރަސްމީކޮށް ހުޅުވާނެއެވެ.
https://twitter.com/TheDemocratsMV/status/1678008025062440960
ޑިމޮކްރެޓްސްއިން ބުނީ، ‘ހައުސް އޮފް ޑިމޮކްރެޓްސް’ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ހ. ވެޔޮވިލާ- އާރޓިފިޝަލް ބީޗް ކުރިމަތީގައި އޮންނާނެ ކަމަށެވެ.
މި ޖަލްސާއަށް ޑިމޮކްރެޓްސްގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
ހައުސް އޮފް ޑިމޮކްރެޓްސްއަކީ ކުރީގެ އެމްޑީޕީގެ ޖަގަހައެވެ. އެ ބިމުގެ ވެރިޔާ އެމްޑީޕީއަތުން ބިން އަތުލައި ޑިމޮކްރެޓްސްއަށް ދިނީއެވެ.
ޑިމޮކްރެޓްސްއިން މިރޭ ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރވެ ވަޑައިގަންނަވާނެއެވެ. އެގޮތުން ޖަގަހަ ހުޅުވައިދެއްވާ، މިރޭ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވެ. އޭގެތޭގައި ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ޕީޕީއެމް ކޯލިޝަން އަދި އެމްއެންޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައި ނަޝީދު އިސްކޮށް ހުންނެވި ނަމަވެސް މިހާތަނަށް ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވެއްފަި ވަނީ އަދި ސޮއި ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް