މަރޮށީ ބިންހިއްކައިގެން ގޯތި ދޫކުރަން ރައީސް ވައުދުވެވަޑައިގެންފި

ށ. މަރޮށީގައި ބިން ހިއްކައިގެން ގޯތި ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މި...

09 Jul 2023 | 11:49

ށ. މަރޮށީގައި ބިން ހިއްކައިގެން ގޯތި ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މިއަދ ށ. އަތޮޅަށް ކުރައްވަމުން ދެންދަވާ ދަތުރުފުޅުގައި ކޮމަންޑޫގައި ހުންނަވައި ދެއްކެވި ވާހަކަދުފުޅުގައެވެ.

ރައީސް ޞާލިހު ވިދާޅުވީ އަބަދުވެސް ރައްޔިތުން ތަރައްގީއަށް ބޭނުންވާނެ ކަމަށާއި ބަދަލުތައް ބޭނުންވާނ ކަމަށެވެ. ހާއްސަކޮށް އަމިއްލަ ރަށުގައި ދިރިއުޅެވޭނެ ގޮތް ރައްޔިތުން ބޭނުންވާނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ރިޔާސީ ދައުރުގައި، މަރޮށީ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރަށަށް ބޭނުންވާ30 ނުވަތަ40 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމެންޓް ޖަހައރައްޔިތުންނަށް އެތަނުން ބިމާ ގޯތި ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރން ރައީސް ވިދާޅުވީ ސަރުކާރުގެ ހައުސިންގް ސްކީމުގެ ދަށުން މަރޮށީގައި 50 ހައުސިންގް ޔުނިޓް އަޅައި، މަގުހަދާ ރަށްތަކުގެ އެންމެ ކުރީގައި މަރޮށީ ނަން ހިމަނައި، އެރަށުގައި 24 ގަޑިއިރަށް ސިއްހީ ހިދުމަތދީް، އޭޓީއެމްއަކާއި ބޮޑު ފުޓްބޯޅަދަނޑު ޓާފް އަޅައިދެއްވާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޑިފެންސް މިނިސްޓަރު މާރިޔާދީދީ، އެންވައިރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް)، އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ، އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކުގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

އެއްދުވަހުގެ މި ދަތުރުފުޅުގައި، ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް