ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ށ. ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މިއަދ ށ. އަތޮޅަށް ކުރައްވަމުން ދެންދަވާ ދަތުރުފުޅުގައި ކޮމަންޑޫގައި ހުންނަވައި ދެއްކެވި ވާހަކަދުފުޅުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލައި، މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ގާއިމު ކުރާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ފަސް އަހަރު މަތިކޮމަންޑޫގައި 300 ހައުސިންގް ޔުނިޓް އަޅާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮމަންޑޫ ސިއްހީ މަރުކަޒު ދެން ބަދަލުވާނ ީ30 އެނދުގެ ހޮސްޕިޓަލަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް