ރައީސް ކޮމަންޑޫއިން ކެމްޕޭން ފެއްޓެވީ، އެރަށުން ފަށާ ކެމްޕޭނެއް ބަލި ނުވާތީ

މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވާ ކެމްޕޭން ށ. ކޮމަންޑޫއިން ފެއްޓެވީ، އެރަށުން ފަށާ ކެމްޕޭނެއް ...

09 Jul 2023 | 10:12

މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވާ ކެމްޕޭން ށ. ކޮމަންޑޫއިން ފެއްޓެވީ، އެރަށުން ފަށާ ކެމްޕޭނެއް މިހާތަނަށް ބަލިވެފައި ނުވާތީ ކަމަށެ އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް ށ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާދީދީގެ އިތުރުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ވަޑައިގެންނެވިއެވެ.

އެއްދުވަހުގެ މި ދަތުރުފުޅުގައި، ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދަތުރުގެ ފުރަތަމަ މަންޒިލް ކަމުގައިވާ ކޮމަންޑޫގައި ހުންނަވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޓީޗަރުންގެ މުސާރަ ބޮޑުކުރައްވާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ކޮމަންޑޫގައި އެންމެ ފަހުން ވާހަކަ ދެއްކެވި ދުވަހު ކަމަށެވެ. އަދި އެ ވައުދު ފުއްދައިދީ، މުޅި ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށެވެ.

ކޮމަންޑޫ ފުރަތަމަ ރަށެއްގެ ގޮތުގާ ވެގެން މި ދިޔައީ ސަބަބެއް ނެތޮއެއް ނޫން. ޝިނާން އެ ވިދާޅުވި ފަދައިން މި ކޮމަންޑޫއަކީ ކެމްޕޭނަށް ފަރިތަ ރަށެއް. މޮޅަށް ކެމްޕޭން ކުރައްވާ ރަށެއް. ދާއިރާގެ ރައީސް ޖަލާލު ދެންމެ ވިދާޅުވި ފަދައިން، މިރަށުން ފަށާ ކެމްޕޭނެއް ބަލިވެފައެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފެށުން މިއޮތީ ރަނގަޅު މިސްރާބެއްގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތާއީދު ބޮޑުތަނުން އެމްޑީޕީ ކޯލިޝަނަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު ކުރި އެންމެ ބުރަ އަދި އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމައެއް ގާއިމު ކުރުން ކަމަށެވެ. އަދި އޭގެ ހެޔޮ ނަތީޖާ މުޅި ރާއްޖެއިން ފެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް