އަރބަންކޯ ހެޑް އޮފީހަށް ދިއުމަށް އެދި ފޭކް މެސެޖްތަކެއް ދައުރުވަނީ

އަރބަންކޯ ހެޑް އޮފީހަށް ދިއުމަށް އެދި ފޭކް މެސެޖްތަކެއް ފޮނުވަން ފަށައިފިއެވެ. އެކަން އާއްމުންގެ ސަމާލުކަމަށް ގެންނަމުން އަރބަންކޯއިން ބުނީ، އަރބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެ...

09 Jul 2023 | 09:47

އަރބަންކޯ ހެޑް އޮފީހަށް ދިއުމަށް އެދި ފޭކް މެސެޖްތަކެއް ފޮނުވަން ފަށައިފިއެވެ.

އެކަން އާއްމުންގެ ސަމާލުކަމަށް ގެންނަމުން އަރބަންކޯއިން ބުނީ، އަރބަންކޯގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ ކަމަށެވެ. އަދި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

https://twitter.com/hdcmaldives/status/1677971549020917760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1677971549020917760%7Ctwgr%5E1607776ab2982aec75259cb1da502322d10a4919%7Ctwcon%5Es1_&ref_url=https%3A%2F%2Fdhuvas.mv%2Fwp-admin%2Fpost.php%3Fpost%3D240445action%3Deditclassic-editor

އެކި ދުވަސްވަރު، އެ ދުވަސްވަރަކާ ގުޅޭގޮތުން ފޭކު މެސެޖުތައް ނުވަތަ ސްކޭމް ކޯލުތައް ނުވަތަ ފޭކް ޕޯސްޓުތައް ސޯޝަލް މީޑިޔާގައި ދައުރުވާނެއެވެ. އަދި އެ މަޅީގައި ގިނަ ބަޔަކު ޖެހެއެވެ.

މިދިޔަ އަހަރު ސްކޭމްގެ ހާހެއްގާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނާއ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ސްކޭމްގެ މައްސަލަތައް އިތުރުވެފައިވަނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑް-19 ގެ ލޮކްޑައުންއަށް ފަހު ކަމަށެވެ. އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް ސްކޭމްގެ998 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެއީ ދުވާލަކަށް ތިން މައްސަލަ ކަމަށާއި މި މައްސަލަތަކުގައި މިދިޔަ އަހަރު 23 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ގެއްލިފައިވާ ކަމަށެވެ. އެ ހިސާބަށް ބަލާއިރު އެއީ މަހަކަށް ދެ މިލިއަން ރުފިޔާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޭމް ކޯލް އާއި އެކި ގޮތްގޮތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމުގެ މައްސަލަތަކަށް ހައްލު ހޯދުމަކީ މިހާރު ފުލުހުން އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި ކަނޑައަޅާފައިވާ އެއް ކަންތަކެވެ. އޭނާ ވިދާޅުވީ އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެވެ.

އެކި ބާވަތްތަކުގެ ސްކޭމްގެ މައްސަލަތައް ތަހުގީގު ކުރަން ހާއްސަ އިޖުރާއަތުތައް އެކުލަވާލައި ތަހުގީގު ކުރާ މީހުން އެ އިޖުރާއަތްތަކަށް ތަމްރީނު ކުރުމުުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި އެވެ.

ހަމީދު ވިދާޅުވިގޮތުގައި ސައިބާ ސްޕޭސް ތެރޭގައި ހިންގާ ކުށްތަކަށް ފުލުހުން އަހުލުވެރިކުރުމަށް ބޭރުން ކަމާ ބެހޭ މާހިރުން ގެނެސްގެން އަދި ފުލުހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް