މިދިޔަ ދެ އަހަރަށްވުރެ މިއަހަރު އައި ފަތުރުވެރިން އިތުރުވެއްޖެ

މިދިޔަ އެ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައ...

09 Jul 2023 | 09:22

މިދިޔަ އެ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެ އަހިސްފައިވަނީ952،608 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއައީ834،186 ފަތުރުވެރިންނެވެ. އަދި2021 ވަނަ އަހަރު އަހިސްފައި ވަނީ523،816 ފަތުރުވެރިންނެވެ.

ވަކި ވަކި މަސްތަކަށް ބަލާއިރު، މެއި މަސް ފިޔަވައި އެހެން ހުރިހާ މަހަކުވެސް ވަނީ މިިދިޔަ ދެ އަހަރަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

މި މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު4600 ފަތުރުވެރިން ރާއްޖެ އާދެއެވެ. އަދި7.5 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.

މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަހިސްފައި ވަނީ، މިދިޔަ އަހަރެކޭ އެއްގޮތަށް އިންޑިޔާއިންނެވެ. ދެވަނައިގައި ރަޝިޔާ މއަދި ތިންވަނައިގައި ވަނީ ޔޫކޭއެވެ. އޭގެ އިތުރުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަހިސްފައި ވަނީ ޗައިނާ، ޖަރމަނީ، އިޓަލީ، ޔޫއެސްއޭ، ފްރާންސް، ސްވިޒަރލެންޑް އަދި ސައުތް ކޮރެޔާއިންނެވެ.

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް170 ރިސޯޓު ހުރިއިރު13 ހޮޓަލާއި909 ގެސްޓްހައުސް ރާއްޖޭގައި އެބަހުއްޓެވެ. އަދި160 ސަފާރީއަކުން ފަތުރުވެރިންނަށް ހިދުމަތް ދެއެވެ.

އެންމެ ގިނަ ގެސްޓްހައުސް ހިންގަމުން ދަނީ ޒޯން 3 ގައެވެ. އެއީ ކ، އއ، އދ، ވ އަތޮޅުގައެވެ. އެއީ59 އިންސައްތަ ގެސްޓްހައުސްއެވެ. އަދި24 އިންސައްތައާއެކު ދެވަނައަށް އެންމެ ގިނަ ގެސްޓްހައުސް ހިންގަނީ ޒޯން2 ގައެވެ. އެ ޒޯންގައި ހިމެނެނީ ނ، ރ، ބ އަދި ޅ އަތޮޅެވެ. އެންމެ3 ޕަސެންޓާއެކު އެންމެ މަދު ގެސްޓްހައުސް ހިންގަނީ ޒޯން1 ކަމުގައިވާ ހއ، ހދ އަދ ށ އަތޮޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް