ހަފީޒްގެ އޮޕަރޭޝަނެއް ކޮށްފި، އަދިވެސް ހެއެއް ނާރާ!

ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ ހަފީޒުގެ އޮޕަރޭޝަނެއް އިންޑިޔާގައި ކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ހޭ ނާރާކަމަށް އާއިލާއިން ބުނެފިއެވެ. މި އެ...

09 Jul 2023 | 05:49

ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ ހަފީޒުގެ އޮޕަރޭޝަނެއް އިންޑިޔާގައި ކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ހޭ ނާރާކަމަށް އާއިލާއިން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ މަހު 27ވަނަ ދުވަހުގެ ފަތިސް ވަގުތުގައެވެ. އޭރުން ފެށިގެން ހަފީޒުގެ ހާލު އިތުރަށް ރަނގަޅު ނުވާކަމަށް އާއިލާއިން ބުނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތައް ކުރަމުން އަންނަ ހަފީޒް ގައިގައި ސައިކަލުން ޖެހުނީ ފަތިސް ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައުމުން އެ ސައިކަލުގައި ޖެހި ހަފީޒް ވިއްސައިގެން ދިއުމުގެ ސަބަބުން ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

އޭޑީކޭގރެ އައިސީޔޫގައި ހަފީޒަށް ފަރުވާދިނުމަށްފަހު އިންޑިޔާއަށް ފުރުވާލާފައި ވާއިރު އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ. އެއާ އެންބިއުލާންސްގައި ހަފީޒު ފުރުވާލީ  އާއްމު އެއާލައިނެއްގައި ބޭރަށް ނުގެންދެވޭތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފީޒްގެ ހާލަތަށް އަންނަނީ ކުރިއެރުންތަކެއް ލިބެމުންނެވެ. އޭނާގެ ފައިގެ އޮޕަރޭޝަނެއް ކޮށްފައި ވާއިރު، އަދި ހެއެއް ނާރައެވެ. އޭނާގެ ފައިގެ އޮޕްރޭޝަން ކުރީ، އެންމެ ބޮޑަށް އަނިޔާ ލިބިފައި ވަނީ ފަޔަށް ަމުގައި ވާތީއެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް