ބާރުބޮޑު އީދ ޝޯތަކަކަށްފަހު ފިލްމީ ތަރި މަރިޔަމް އައްޒަ ޗުއްޓީއަށް މެލޭޝިޔާއަށް ފުރައިފިއެވެ.
އެއާޕޯޓުގައި ތިބެ އައްޒަގެ ދެބެން ވަނީ ދަތުރު ފަށަށް އުޅޭކަމުގެ ހަބަރު ފޭނުންނަށް ދީފައެވެ. ދަތުރުގައި އައްޒަގެ އިތުރުން ބައިވެރިވަނީ އައްޒަގެ ދަރިފުޅު މުހައްމަދު އީތަންއާއި ދައްތަ އައިޝަތު ރިޝްމީގެ އިތުރުން ރިޝްމީގެ ދަރިފުޅު އިސްމާއިލް އަޒެއިލްއެވެ.
މި ދަތުރުގެ ކުރިން އައްޒަ އެންމެ ފަހުން ބައިވެރިވެފައި ވަނީ މުއާގެ ދަރިފުޅު ރޫބީގެ އުފަންދުވަހުގެ ޕާޓީގައެވެ. އެ ޕާޓީގައި އައްޒަގެ އާއިލާއިން ވަނީ ބައިވެރި ވެފައެވެ.
އައްޒައާއި ރިޝްމީ އެކުގައި އެންމެ ފަހުން ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދެބެއިންގެ ދެދަރިން ގޮވައިގެން އެފަހަރު ޗުއްޓީއަށް ގޮސްފައި ވަނީ ކ. މާފުއްޓާށެވެ. އެއީ މިދިޔަ އަހަރުގެ އަޟްހާ އީދު ޝޯތަކަށް ރާޔާ ޓީމުން ދަތުރު ކުރުމަށްފަހު ދިޔަ އާއިލީ ޗުއްޓީއެކެވެ.
އެފަހަރު އައްޒަ އީދު ޝޯގައި ބައިވެރިވެފައި ވަނީ ދައްތަ ރިޝްމީއާއެކު ޔާރާ ޓީމުގައެވެ. ނަމަވެސް މި އަހަރު އީދު ޝޯގައި އައްޒަ ބައިވެރި ވެފައި ވަނީ ނެށުންތެރިޔާ ޖާދުﷲގެ ޓީމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް