ޕާކިސްތާނުގައި ބޯކޮށް ވާރޭވެހި 17 މީހަކު މަރުވެ 49 މީހަކު ޒަހަމްވެއްޖެ

ޕާކިސްތާނުގެ ޕުންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި 17 މީހަކު މަރުވެ 49 މީހަކު ޒަހަމްވެއްޖެއެވެ. މި ވިއްސާރާގައި ގިނަ އަދަދެއްގެ ފުރާޅާއި ފާރު ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ޕާކިސްތާނުގެ ޕްރޮވި...

09 Jul 2023 | 05:17

ޕާކިސްތާނުގެ ޕުންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި 17 މީހަކު މަރުވެ 49 މީހަކު ޒަހަމްވެއްޖެއެވެ.

މި ވިއްސާރާގައި ގިނަ އަދަދެއްގެ ފުރާޅާއި ފާރު ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ޕާކިސްތާނުގެ ޕްރޮވިންސިއަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޕީޑީއެމްއޭ) އިން ނެރެފައިވާ ބަޔާނެއްގައިވާގޮތުން އުމުރުން 10 އަހަރުން ދަށުގެ ތިން ކުދިން ހިމެނޭގޮތަށް ހަތަރު މީހަކު މަރުވެފައިވަނީ ބަލިކަށިކޮށް ހަދާފައިވާ ގެއެއްގެ ފުރާޅު ވިއްސާރައިގައި ވެއްޓިގެން ކަމަށެވެ. ވިއްސާރައިގެ ހާލަތު ގާތުން ބަލަމުންދާ ކަމަށްވެސް ޕީޑީއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕުންޖާބުގެ ވަގުތީ ޗީޕް މިނިސްޓަރަކަށް ހުންނެވި މޮހްސިން ނަގްވީ ވިދާޅުވެފައިވަނީ 291 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވިފައި ނެތްކަމަށާއި، މިވަގުތު ހުރިހާ ކަމެއްވެސް އޮތީ ރަނގަޅަށްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް