ޑިމޮކްރެޓްސްގެ ޖަގަހަ މިރޭ ހުޅުވަނީ

" ދަ ޑިމޮކްރެޓްސް" ގެ ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވަން ތައްޔާރު ވެއްޖެއެވެ. ޑިމޮކްރެޓްސްއިން ބުނީ، 'ހައުސް އޮފް ޑިމޮކްރެޓްސް' ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ހ. ވެޔޮވިލާ- އާރޓިފިޝަލް ބީޗް ކުރިމަ...

09 Jul 2023 | 04:58

" ދަ ޑިމޮކްރެޓްސް" ގެ ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވަން ތައްޔާރު ވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ބުނީ، 'ހައުސް އޮފް ޑިމޮކްރެޓްސް' ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ހ. ވެޔޮވިލާ- އާރޓިފިޝަލް ބީޗް ކުރިމަތީގައި އޮންނާނެ ކަމަށެވެ.

މި ޖަލްސާއަށް ޑިމޮކްރެޓްސްގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

https://twitter.com/TheDemocratsMV/status/1677731893297676289

ހައުސް އޮފް ޑިމޮކްރެޓްސްއަކީ ކުރީގެ އެމްޑީޕީގެ ޖަގަހައެވެ. އެ ބިމުގެ ވެރިޔާ އެމްޑީޕީއަތުން ބިން އަތުލައި ޑިމޮކްރެޓްސްއަށް ދިނީއެވެ.

ޑިމޮކްރެޓްސްއިން މިރޭ ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރވެ ވަޑައިގަންނަވާނެއެވެ. އެގޮތުން ޖަގަހަ ހުޅުވައިދެއްވާ، މިރޭ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވެ. އޭގެތޭގައި ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ޕީޕީއެމް ކޯލިޝަން އަދި އެމްއެންޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި ނަޝީދު އިސްކޮށް ހުންނެވި ނަމަވެސް މިހާތަނަށް ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވެއްފަި ވަނީ އަދި ސޮއި ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް