އަމީނީމަގު ސެގްމެންޓް 8: ފެންބިލްޑިންގް ކައިރީ ހޮޅި އަޅާ ނިމިއްޖެ

އަމީނީ މަގު ސެގްމެންޓް 8ގެ މަސައްކަތުގެ ތެރެއިން، ފެން ބިލްޑިންގް ކައިރީގައި އަޅަންޖެހޭ ހޮޅިތަކުގެ މަސައްކަތް ނިންމާލާފައި ވާކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އަމީނީމަގ...

09 Jul 2023 | 04:41

އަމީނީ މަގު ސެގްމެންޓް 8ގެ މަސައްކަތުގެ ތެރެއިން، ފެން ބިލްޑިންގް ކައިރީގައި އަޅަންޖެހޭ ހޮޅިތަކުގެ މަސައްކަތް ނިންމާލާފައި ވާކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އަމީނީމަގު ސެގްމެންޓް8 ފަށާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އެ މަގުގެ ސެގްމެންޓް4،5،6 އަދި7 ނިންމާ އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. އެއީ ސްޓެލްކޯއާ ހަމައިން ފެށިގެން ރަށްދެބައި ހިނގުމާ ހަމައަށެވެ. ސެގްމެންޓް78 ގައި ހިމެނެނީ ރަށްދެބައި ހިނގުމާއި އަމީނީމަގާ ގުޅޭ ހިސާބުން ފެށިގެން، އަމީނީ މަގާ ނިކަގަސް މަގާ ގުޅޭ ކަންމައްޗަށެވެ.

އާރްޑީސީން ބުނީ ސެގްމެންޓް8 ގައި ހޮޅިއަޅައި ނިމުނު ހިސާބުގައި ދުވާރު ހެދުމާއި އަދި ކާބްސްޓޯން ޖެހުމުހެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށެވެ.

https://twitter.com/rdcmaldives/status/1677881790852399105

"އަމީނީ މަގު މީރާ ހިމެނޭ ސަރަހައްދުގައި ސްޓޯމް ވޯޓަރގެ މަސައްކަތް ކުރިއަށް ދާއިރު، މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ޣިޔާސުއްދީން ސްކޫލު ކައިރީ މައި ފެން ހޮޅި އަދި ނަރުދަމާ ޕަމްޕިންގް ލައިންގެ މަސައްކަތް ދަނީ ކުރެވެމުން" އާރްޑީސީން މައުލޫމާތު ދިނެވެ.

މިވަގުތު އަމީނީ މަގުގައި ކުރިއަށް ދަނީ ޣިޔާސުއްދީން ސްކޫލް ކަންމަތިން ފެށިގެން އަމީނީ މަގު މާފަންނު ސްޓޭޑިއަމް އާއިހ ހަމައަށް ހޮޅިތައް ގުޅާލުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް