ރައީސް ޞާލިހު ކެމްޕޭނަށް ށ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭން ދަތުރުފުޅެއްގައި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންފިއެވެ. ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. ރައީސްގ...

09 Jul 2023 | 04:08

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭން ދަތުރުފުޅެއްގައި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންފިއެވެ.

ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާދީދީގެ އިތުރުން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ވަޑައިގެންނެވިއެވެ.

އެއްދުވަހުގެ މި ދަތުރުފުޅުގައި، ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނީ ރައީސް ޞާލިހެވެ. އެމަނިކުފާނުގެ ރަނިންމޭޓެއް އަދި ކަނޑައެއް ނާޅުއްވައެެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ވަނީ ފައްޓަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް