ފިލްމީ ތަރި އަދި ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެނބުރި ނެށުމަށް އަތުވެއްޖެއެވެ.
ޝިފާ ދުވަސްކޮޅަކަށް ނެށުމާ ދުރަށް ދިޔައީ އޭރު ދިމާވި ހާދިސާއަކުންނެވެ.
އެގޮތުން ސިޔާސީ ޕާޓީ ކަމުގައިވާ އެމްއެންޕީއަށްވެސް ސޮއިކޮށްފައިވާ ޝިފާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް މިދިޔަ އަހަރުގެ ޖޫންމަހު ސޯޝަލް މީޑިއާ ގައި ލީކުވުމާއި ގުޅިގެން، އެ މައްސަލަ ބަލާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އޭރު ޝިފާ ހަރަކާތްތެރި ވަމުންދިޔަ ޖާދުﷲގެ ނަށާ ގްރޫޕުންވެސް އޭނާ ވަކި ކުރިއެވެ.
ޝިފާާ ވަނީ ކަންތައް ވީ ގޮތުން އޭނާގެ ފޭނުންގެ ކިބައިންނާއި އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.
އެ މައްސަލައިގާ ޝިފާ ބުނެފައިވަނީ ދައުރުވި ވީޑިއޯ އާއި އޭނާ އާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކައަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ އަސްލެއް ނެތް އެޑިޓެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ ބަޔަކު ގަސްތުގައި ދުރާލާ ރާވައިގެން އޭނާގެ އަބުރު ވެއްޔާއި މޮޑެލަށް ހެދި އެއްޗެއް ކަމަށާއި އެ ވީޑިއޯ ހެދީ އޭނާގެ މަޝްހޫރު ކަމަށް ހިޔަނި އަޅުވަން ފިލްމީ ދާއިރާގައި އުޅޭ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް ޝިފާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ އެފަދަ ހަޑިމުޑުދާރު އަމަލެއް ބަޔަކު ހިންގީ އޭނާއަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު މަޝްހޫރު ކަމުން ކަމަށާއި އޭނާއަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ތަރި ކަމަށެވެ. އަދި އެއީ ބެލުންތެރިންގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ސުޕަރ ސްޓާރެއް ކަމަށެވެ.
އޭނާ އާއި ގުޅޭގޮތުން ދޮގު ވީޑިއޯއެއް ހެދުމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބައެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ވެސް ޝިފާ ވަނީކުރިން ބުނެފައެވެ.
ހަމަމިއާއެކު އެ ވީޑިއޯތަކުގެ މައްސަލައިގާ ޝިފާގެ ނަމުގައި ފޭސްބުކް ގެ ޕޭޖެއްގައި ކޮމެންޓުތަކެއް ދައުރުވަމުންދާތީ އެކަމާއިގުޅިގެން ޝިފާ ބުނެފައިވަނީ “ފޭސްބުކްގައި މަރިޔަމް ޝިފާގެ ނަމުގައި ހިންގަމުން އެ ދަނީ އަސްލު ޕޭޖެއް ނޫން” ކަމަށެވެ.
މިދިޔަަ އަހަރުގެ ޖޫން 15 ގައި ޝިފާ ވަނީ ފުލުހަށް ވެސް ހާޒިރުކޮށް ބަލަމުންދާ މައްސަލައަކާއި ގުޅިގެން ވަނީ ބަޔާނެއް ވެސް ނަގާފައެވެ. އެހެންނަމަވެސް އެއީ ސީދާ ކޮންކަމަކާއި ގުޅިގެން ނެގި ބަޔާނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ޝިފާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައިވާއިރު، އޭނާ ރާއްޖެ ދޫކޮށް ދިޔަ ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ.
އޭގެ ފަހުން، މިދިޔަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް އެކިރަށްރަށުގައި ކުރިއަށް ގެންދިޔަ ނެށުމުގެ ހަރަކާތްތަކުގައި ބިދަބިން ބޮޑުބެރު ގްރޫޕާއެކު ޝިފާ ފެނުނެވެ. އެކަމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން އެ ރަށްރަށުގެ ކައުންސިލްތަކަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.
އޭގެ ފަހުން ދުވަސްކޮޅަކައެގޮތުން މާލެއަތޮޅު ދިއްފުށީގައި ބޭއްވި ޢީދު ޝޯވ ގައި ޝިފާ ނަށަން އެރުމުން ޝޯވ ބަލަންތިބި މީހުންގެ ނުރުހުން އަމާޒުވުމުން އޭނާ ވަނީ ސްޓޭޖުން ބާލަފައެވެ. އަދި އޭނާ ވަނީ ދިއްފުށިން ފުރުވާލާފައެވެ.ަށް ޝިފާ އެ ގްރޫޕުންވެސް އަދި ނެށުމުންވެސް ގެއްލުނެވެ.
ނަމަވެސް ފަހުން ޝިފާ ވަނީ ފިލްމީ ދާއިރާގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި ބިދަބިން ބޮޑުބެރު ގްރޫޕާއެކު މި އަހަރުގެ އަޟްހާ ޢީދު ޝޯތަކުގައި ޝިފާ ފެނިގެން ދިޔައެވެ. އެ ރަށްރަށުން އޭނާއަށް ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް