ދ. ކުޑަހުވަދޫގައި އެއްކޮށްފައިހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެރަށު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ އެރަށު ބޭންކު ކައިރީގައި އެއްކޮަށްފައިހުރި ކުނިތަކެއް ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް މިރޭ 20:55 ހާއިރު ކަމަށް ބުންޏެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރމަނުން އެ ހާދިސާއަށް އެޓެންޑުވެ، ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންނެވެ.
އެ އިދާރާއން ބުނީ ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން ރޯވި އަލިފާން ނިއްވާލެވިފައިވަނީ މިރޭ 21:12 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް