"އަލިސް" ލޯންޗުގައި ތިބި 10 މީހުން މާލެ ގެނެސްފި - އެންމެންގެ ހާލު ވެސް ރަނގަޅު

އަލިސް" ލޯންޗުގައި ތިބި 10 މީހަކު މާލެ ގެނެސްފައިވާ ކަމަށާއި އެ ދިހަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް ...

09 Jul 2022 | 18:35

އަލިސް" ލޯންޗުގައި ތިބި 10 މީހަކު މާލެ ގެނެސްފައިވާ ކަމަށާއި އެ ދިހަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ގައި އެ 10 މީހުން މާލެ ގެނައީ މިރޭ 21:15 ހާއިރު ކަމަށެވެ.

"އަލިސް" ލޯންޗުގެ އިންޖީނު ހުއްޓުނީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ. މީދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 17:59 ހާއިރު ކަމަށާއި ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް “ވެލާނާ” ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް