އިއުލާން ކޮށްފައިވީނަމަވެސް ނައިޓް މާކެޓް ބާއްވާނީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ކޮންޓްރޯކުރެވުމުން ކަމަށް މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި ނައިޓް މާކެޓެއް ބާއްވަން ސިޓީ ކައުންސިލުން އިއުލާން ކޮށްފައި ވަނިކޮށް މޭޔަރ ވިދާޅުވެފައިވަނީ މާލޭގައި ނައިޓް މާކެޓް ބާއްވާނީ ކޮވިޑުގެ ހާލަތާއި ޑެންގޫ އަދި އެހެނިހެން ބަލިތައް މަދުވުމުން ކަމަށެވެ.
މާލޭގައި ނައިޓް މާކެޓެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ބޭނުންވާ ކަމަށާއި ނައިޓް މާރކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް