ބ. ދަރަވަންދޫގައި ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.
"މަގޭ ޢީދު" ގެ ނަމުގައި އެރަށުގައި މިއަހަރު އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މި ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިތުރު ޢީދު ނަމާދު ކުރުމަށް އެރަށުގައި ބޭއްވި ބޮޑު ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފައިވާއިރު، ނަމާދަށްފަހު ރަށުގެ ކުދިބޮޑު ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ޢީދު ތަޙުނިޔާ ވިދާޅުވެ، ޢީދު ސަލާން ކުރައްވާފައެވެ.
މީގެއިތުރުން މިއަދު ހެނދުނު ކުޅުނު މަންޑި މެޗުގައި ވެސް ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މެޗުގައި ވާދަކުރީ ދަރަވަންދުއަށް ދިޔަ ރަށުން ބޭރުގެ މީހުންގެ ޓީމަކާއި ރަށުން ހޮވައިލެވުނު ޓީމެކެވެ. ނައިބު ރައީސް ކުޅުއްވީ ރަށުން ބޭރުމީހުންގެ ޓީމަށެވެ. އަދި ޢީދު ކުލަ ޖެހުމަށް ރަށުގައި ބޭއްވި ހަރަކާތުގައި ވެސް ރައްޔިތުންނާއެކު އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހަމަމިއާއެކު މަލިކުގެ ސަޤާފީ ކުޅިވަރު ހުށައަޅައިދޭ ގްރޫޕެއްވެސް ދަރަވަންދުއަށް މިއަހަރު ވަނީ ގޮސްފައެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، މަލިކުގެ މި ގްރޫޕާ ވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް