ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒު ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނިއްޖެ

ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ މި ކެނޯ ފެނުނީ ނ. ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާ...

09 Jul 2022 | 11:05

ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ކެނޯ ފެނުނީ ނ. ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ފެނިގެން އެ ރަށުގެ ކައުންސިލަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އިބްރާހީމް ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނު ކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އަދިވެސް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

ނ. ހެނބަދޫ / ކުންނާރުގެ، އިބްރާހީމް ރާމިޒް (28އ) ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ވަގުތެެއްގައެވެ.

އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ ޖުލައި ހަތްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާމިޒުގެ ޢާއިލާ އާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށެވެ.

ފުލުހުން ބުނެފައިވަނީ އިބްރާހީމް ރާމިޒް ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް