ދިއްގަރު ކައުންސިލު އިންތިޚާބުގައި ވާދަކުރާނީ އެމްޑީޕީ އާއި ޕީޕީއެމް

މ. ދިއްގަރު ކައުންސިލު އިންތިޚާބުގައި ވާދަކުރާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް އިލެކްޝަނުން ކޮމިޝަނުން ބުނެފިއެވެ. އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންިޚާބުގައި، ވާދ...

09 Jul 2022 | 10:52

މ. ދިއްގަރު ކައުންސިލު އިންތިޚާބުގައި ވާދަކުރާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް އިލެކްޝަނުން ކޮމިޝަނުން ބުނެފިއެވެ.

އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންިޚާބުގައި، ވާދަކުރި ދެ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާއިރު، ކެނޑިޑޭޓް ނަންބަރު އެކެއް ލިބުނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފް، އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް ލިބުނީ ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޙަންނާން އަޙްމަދަށެވެ.

އެރަށު ކައުންސިލް ގޮޑިއެއް ހުސްވެފައިވަނީ އެކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރެއްވި މެމްބަރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ދިއްގަރު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ ތިން މެމްބަރަކާއި، އިދިކޮޅު ޕީޕީއެމްގެ މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް