ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އައި ސާބިއާ ފޯވާޑް ލުކަ ޖޮވިޗް އިޓަލީގެ ފުއޮރެންޓީނާއާއި ގުޅިއްޖެއެވެ.
2020 ވަނަ އަހަރު ރެއާކް އާއި ގުޅުނު ޖޮވިޗް ތިން އަހަރަށް ފަހު ކުލަބު ދޫކޮށްލިއިރު، އޭނާއަށް ރެއާލުގައި މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ޖޮވިސް ފިއޮރެންޓީނާއަށް ބަދަލުވީ ލޯނެއްގެ ދަށުން ޖަރުމަނުގެ އެއިންޓްރެކްޓް ފްރޭންކްފާޓް އަށް އެއް ސީޒަން ކުޅުމަށް ފަހުގައެވެ.
އިޓަލީގެެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، ރެއާލް އިން ފިއޮރެންޓީނާ އަށް ޖޮވިޗް ދޫކޮށްލީ އެއްވެސް ފީއަކާއި ނުލާ ހިލޭ އެވެ.
ޖޮވިޗް ރެއާލުގައި ތިން ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާއަށް އެ ކުލަބަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ 51 މެޗެވެ. މި 51 މެޗުގައި އޭނާ ވަނީ ތިން ގޯލު ކާމިޔާބު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް