ޑި މާރިއާ ޔުވެންޓަސް އަށް ބަދަލުވެއްޖެ

ހިލޭ ޓްރާންސްފާއެއްގައި އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރ އަންހެލް ޑި މާރިއާ ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ. ފްރާންސްގެ ޕީއެސްޖީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު ޑި މާރިއާ އިޓަލީގެ ޔުވެންޓަސް...

09 Jul 2022 | 05:29

ހިލޭ ޓްރާންސްފާއެއްގައި އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރ އަންހެލް ޑި މާރިއާ ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ.

ފްރާންސްގެ ޕީއެސްޖީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު ޑި މާރިއާ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވީ ނިމިގެން ދިޔަ ސީޒަނަށް ފަހު އޭނާ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމަށް ފަހުގައެވެ.

އުމުރުން 34 އަހަރުގެ ޑި މާރިއާ، ޕީއެސްޖީއާއި ގުޅުނީ 2015 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އޭގެ ފަހުން ހަތް ސީޒަނެއް ޕީއެސްޖީގައި ހޭދަކޮށްފައިވާއިރު، ޑިމާރިއާ ވަނީ އެ މުއްދަތުގެ ތެރޭގައި އެކުލަބަކަށް 295 މެޗު ކުޅެދީފައެވެ. އަދި 92 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. މީގެ އިތުރުން ޕީއެސްޖީއާ އެކު ޑި މާރިއާ ވަނީ ލީގު ތަށި ފަސްފަހަރު ހޯދާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޑިމާރިއާ ޔުވެންޓަސް އަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 7.4 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ޑިމާރިއާގެ އިތުރުން ޕޯލް ޕޮގްބާ ވެސް ވަނީ ޔުވެންޓަސް ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއަށް ބަދަލުވުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް