ނައިޓް މާކެޓެއް ބާއްވަން ނިންމާ ރާވާ، ހިންގުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން އިންތިޒާމު ކޮށްގެން ނައިޓް މާކެޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ މާކެޓުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ނައިޓް މާކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވާ މީހުން މި ޖުލައި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ނައިޓް މާކެޓް ބޭއްވުމާ ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ފާއިތުވި ރަމަޟާން މަހާ ދިމާކޮށް ވެސް ނައިޓް މާކެޓެއް ބޭއްވުމަށް ސިޓީ ކައުންސިލުން އިއުލާންކުރިއެވެ. އެހެންނަމަވެސް ރޯދަ މަހާ ގާތްވެފައި ވަނިކޮށް އެ ނައިޓް މާކެޓަށް ތައްޔާރުވާން ވަގުތުނެތް ކަމަށް ބުނެ، ވަނީ ކެންސަލް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް