އިންޑިއާގެ ކެރެލާ ސްޓޭޓުގައި ޒިކާ ވައިރަސް ފެތުރެން ފަށައިފި އެވެ.
އެ ސްޓޭޓްގެ ހެލްތް މިނިސްޓަރު ވީނާ ޖޯޖް މީޑިއާގައި ވިދާޅުވީ މިހާތަނަށް ބަލި ފެތުރެމުންދަނީ ކެރެލާގެ ވެރިރަށް ޓްރިވެންޑްރަމްގައި ކަމަށެވެ. އެގޮތުން 14 ކޭސް ފެނިފައިވާ ކަމަށާއި ބަލި ޖެހިފައިވާ އެންމެންނަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށެވެ.
ވީނާ ވިދާޅުވީ އެންމެ ފުރަތަމަ ބަލީގެ އަލާމާތްތަކާއި އެކު މީހަކު ޑޮކްޓަރަށް ދެއްކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެމީހާ އަކީ މާބަނޑު އަންހެނެއް ކަމަށާއި މިހާރު އެމީހާ ވިހާފައިވާ ކަމަށް ވިދާޅުވި އެވެ. ދެމައިންގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މި ކޭސްތަކާއި ގުޅިގެން ކެރެލާ ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއް ވަނީ އެލާޓަށް ގެނެސްފައި އެވެ. އަދި މިހާރު ޑްރިވެންޑްރެމްގައި ބަލި ޖެހިފައިވާ މީހުން ތިބި ޑިސްޓްރިކްޓުން ބަލި ޖެހިފައިވާ މީހުންގެ ޕަސެންޓޭޖު އިތުރު ނުވާނެ ގޮތަކަށް ފިޔަވަޅުއަޅަމުންދާ ކަމަށް އެ ސްޓޭޓްގެ ހެލްތް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލައި ފޮގް ކުރުމުގެ މަަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މި ދުވަސްވަރަކީ އިންޑިއާއަށް ވިއްސާރަ މޫސުމަށް ވާތީ މަދިރި ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.
ޒިކާ ވައިރަސް ޖެހެނީ މަދީރީގެ ޒަރީއާއިންނެވެ. އަދި ބައެއް ފަހަރު ޖިންސީ ގުޅުމުން ބައި ޖެހިފައިފަވާ ކަމަށްވެއެވެ.
ޒިކާ ވައިރަަސްގައި އެންމެ ސީރިއަސް ހާލަތަކަށް ދަނީ ކުޑަކުދިންނެވެ. އެގޮތުން އެ ބަލީގައި ސީރިއަސްވާ ކުޑަކުދިންގެ ސިކުނޑީގެ މައްސަލަތައް ޖެހުމުގެ އިތުރުން ވަރަށް މަދުން ނުނީ ނުޖެހޭ ދިފާއީ ނިޒާމާއި ގުޅޭ ބައްޔެއް ޖެހެ އެވެ.
އިންސާނުންގެ ގައިން އެންމެ ފުރަތަމަ ޒިކާ ވައިރަސް ފެނިފައިވަނީވެސް އިންޑިއާއިންނެވެ. އެއީ 1953 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް