މޫސުމަށް ސަމާލުވޭ: ކ. އަތޮޅުން އުތުރު އޮރެންޖު އެލާޓުގައި

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއިި ދެމެދުގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެ...

09 Jul 2021 | 14:04

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއިި ދެމެދުގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:00 ން ރޭގަނޑު 9:00 އަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިދަވާނެ ކަމަށެވެ.

އަދި އެ ސަރަހައްދުގެ ކަނޑުގަދަވެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން އއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިހާރު ވަނީ ރީނދޫ އެލާޓު ނެރެފައި އެވެ. އެއީ މިރޭ 7:00 ން 11:00 އަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް

ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިދަވާނެ ކަމަށެވެ.

އަދި އެ ސަރަހައްދުގެ ކަނޑުގަދަވެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ މޫސުން މާބޮޑަށް ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެގެންނެވެ. މެޓް އޮފީހުން ވަނީ މާދަމާވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް