ރައްޔިތުންގެ މަޖިލީހިގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓު ފުރިހަމަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ކޮމިޓީން އެ ރިޕޯޓު އެކުލަވާލާފައިވަނީ 50 އަށްވުރެ ގިނަ މީހުން ކޮމިޓީއަށް ހާޒިރުކޮށް ނެގި މައުލޫމާތުތައް އެއްކޮށްގެންނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ސަރުކާރާއި އިދިކޮޅު މަޖިލީސް މެންބަރުން ގުޅިގެން ވަރަށް ސީރިއަސް މަސައްކަތެއްގެ ގޮތުގައި އެވެ.
ރިޕޯޓު މަޖިލީހުން ފާސްކޮށް އާންމު ކުރުމާއި ގުޅިގެން ރިޕޯޓު އެކުލަވާލާފައިވާ ގޮތަށް ތައުރީފު ކުރައްވާ މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ވަނީ ޓުވީޓެއް ކުރައްވާފައި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މިފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓުތަކުގެ ތެރެއިން ފުރިހަމަ ރިޕޯޓެއް ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރާއި މެންބަރުން އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވެފައިވަނީ މަޖިލިސް 19 ތަފާތުވާނެ ކަމަށެވެ.
https://twitter.com/MohamedNasheed/status/1413415355041468420
ނަޝީދަށް ހަމަލާދީފައިވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގަ އަށް މީހަކު ހައްޔަރު ކުރި އިރު މިހާރު ފުލުހުންގެ ބަންދުގައި ތިބީ ހަތް މީހެކެވެ.
އޭގެ ތެރެއިން ވަނަވަރު އާންމު ކޮށްފައިވަނީ ފަސް މީހެއްގެ އެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ އިންކުއަރީ ރިޕޯޓް ފާސްކޮށްފައިވާ އިރު، އެ މައްސަލައިގެ ތަހުގީގުވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް