ވަރިވާން ޝިދާތާ ކޯޓަށް ވަޑައިގެންނެވި ވާހަކަ ދޮގު ކުރާކަށް ޒިޔާއަކަށް ނުކެރުނު

ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ކައިރިން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ވަރިވާން ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރާކަށް ޒިއާ އަކަށް ނުކެރުނެވެ. ޒިޔާ ކައިރިން...

09 Jul 2021 | 11:25

ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) ކައިރިން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ވަރިވާން ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރާކަށް ޒިއާ އަކަށް ނުކެރުނެވެ.

ޒިޔާ ކައިރިން ވަރިވުމަށް ޝިދާތާ ކޯޓަށް ފޯމު ހުށަހެޅުއްވީ އަމިއްލަށެވެ. އަދި އެ މައްސަލައިގަ މިހާރު އަޑުއެހުމެއް ބާއްވާފައިވާއިރު އެކަން "ދުވަސް"އަށް ވަނީ ކަށަވަރުވެފައި އެވެ.

އެކަމަކު "ދުވަސް" އިން ހަބަރު ޖެހުމާއި އެކު ޒިޔާ ވަނީ އެހެން ނޫސްތަކަށް މައުލޫމާތީ ވަރި ކުރި ވާހަކަ ދޮގު ކޮށްފައި އެވެ. އަދި ފަހުން "ދުވަސް" އަށް މައުލޫމާތު ދެމުން ޒިޔާ ބުނީ ވަރި ކުރި ވާހަކަ އަކީ ދޮގެއް ކަމަށާއި ދެމީހުން އުޅެނީ ވަރަށް ހަމަޖެހިގެން ކަމަށެވެ.

މީގެ އިތުރުން "ދުވަސް" ގައި ޖެހި ހަބަރުން ޝީދާތާއަށްވެސް ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށް ޒިޔާ ބުންޏެވެ. ބެލެވޭ ގޮތުގައި ޝިދާތާއަށް އެ ޝޮކު ޖެހިވަޑައިގަތީ ވަރިވާން އުޅޭ ހަބަރު ލީކުވުމުންނެވެ.

ޒިޔާ އާއި ދުވަސްގެ ނޫސްވެރިއާއި އެސްއެމްއެސް މެދުވެރިކޮށް ކުރެވުނު މުއާމަލާތުގައި ވަރި ވާހަކަ އާއި ދެމީހުން މައްސަލަ ޖެހިގެން އުޅޭ ވާހަކަ ދޮގު ކުރި ނަމަވެސް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ވާހަކަ ދޮގު ކުރާކަށް ޒިއާއަކަށް ނުކެރުނެވެ. އެއީ އެ ސުވާލު ކުރުމުން ޒިޔާ އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެވެ.

ޒިޔާ އާއި ޝިދާތާ ކައިވެނި ކުރީ މިދިޔަ ފެބްރިއަތީ މަހުގެ 21 ވަނަ ދުވަހު ހަތަރު މަހެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

މީގެ ކުރިން ޝިދާތާ ކައިވެއްޏެއް ކުރައްވާފައިވާއިރު ޒިޔާ ވަނީ ދެ ކައިވެނި ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް