ކުރީގެ ޖެންޑަރ މިިނިސްޓަރ ޝިދާތާ ޝަރީފް، ފިލްމީތަރި އަހްމަދު ޒިޔާއު (ޒިޔާ) ކައިރިން ވަރިވާން ކޯޓަށް ފޯމުލައިފިއެވެ.
ދުވަަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޝިދާތާ ވަރިވާން ފޯމު ލާފައިވަނީ އަމިއްލައަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޝިދާތާ ޒިޔާ ކައިރިން ވަރިވުމުން ޒިޔާ ވަނީ ޝިދާތާގެ ގެއިން ނިކުމެ ޒިޔާ މެން ގެއަށްވެސް ބަދަލުވެފައެވެ.
ޝިދާތާ ވަރިވާން ފޯމު ލާފައިވާއިރު، ވަރިވާން ފޯމުލީ ސީދާ ކޮން ސަބަބަކާކަން ސާފެއް ނޫނެވެ. ފޯނު ނުނަންގަވާތީ ޝިދާތާގެ ކޮމެންޓެއް މިކަމުގައި ލިބޭގޮތް ވަނީ ނުވެފައެވެ.
ޝިދާތާއާއި ޒިޔާ ކައިވެނިބައްލަވައިގަތީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. ޝިދާތާ އަދި ޒިޔާގެ ކައިވެނި ވެގެންގޮސްފައިވަނީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކައިވެންޏަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް