މުލިއާގޭ ކައިރީގައި އުޅުނު ދެމީހަކު ގެންގުޅުނު ފޮށްޓެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ގެކޮޅު މުލިޔާގޭ ކައިރީގައި އުޅުނު ދެމީހަކު ގެންގުޅުނު ފޮށްޓެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަ...

09 Jul 2021 | 08:59

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ގެކޮޅު މުލިޔާގޭ ކައިރީގައި އުޅުނު ދެމީހަކު ގެންގުޅުނު ފޮށްޓެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފޮށިގަނޑުގައި ބޮން އޮތް ކަމަށް ބުނެފައިވަނީ އެ ސަރަހައްދަށް ގޮސް ކަމަށެވެ. ފުލުހުންނާއި ސިފައިން އެކަމާއި ގުޅިގެން ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ދެމީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން އެހެން ބުނީ މަޖަލަކަށް ކަމަށް ބުންޏެވެ. މަޖަލަކަށް ބުނި ނަމަވެސް ރައީސް ދިރިއުޅުއްވާ ގެކޮޅާއި އެއާޕޯޓާއި އެނޫންވެސް ހައި ސެކިއުރިޓީ ސަރަހައްދުތަކުގައި މަޖަލަކަށްވެސް ގައުމީ ސަލާމަތައް ނުރައްކާވާނެ ޒާތުގެ ވާހަކައެއް ދެއްކުމަކީ ގާނޫނީ ކުށެކެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް