ކުރިޔަށް އޮތް 24 ގަޑިއިރު މޫސުން ވަރަށް ގޯސްވާނެ

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދު ރާއްޖެތެރެއަށެވެ. މިހ...

09 Jul 2021 | 07:12

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދު ރާއްޖެތެރެއަށެވެ. މިހާރުވެސް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮތީ ރީނދޫ އެލާޓު ނެރެފަ އެވެ.

ރީނދޫ އެލާޓު ނެރެފައިވަނީ ހެނދުނު 10:00 ން މެންދުރު ފަހު 3:00 އަށެވެ.

މެެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑާއި ވައި ވަރަށް ގަދަވާނެ އެވެ. ވައިޖެހޭނެ ކަމަށް ލަފާ ކުރަނީ50 މޭލާއި 60 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ.

އާންމު ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

މިހާރު ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި މާދަމާގެ ނިޔާލަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ ބުދަ ދުވަހު މެޓް އޮފީހުން އޮތީ އަންގާފަ އެވެ.

މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ އެންމެންނާއި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް