ކަރީނާ ހަގު ދަރިފުޅަށް ނަން ކިޔައިފި، މިފަހަރުވެސް ތަފާތު ނަމެއް!

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ބަތަލާ ކަރީނާ ކަޕޫރުގެ ހަދު ދަރިފުޅަށް ނަން ކިޔައިފި އެވެ. ކަރީނާ ދެވަނަ ދަރިފުޅު ވިހެއީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. މިއަދާއި ހަމައަށް ކުއްޖާގ...

09 Jul 2021 | 06:35

ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އާއި ބަތަލާ ކަރީނާ ކަޕޫރުގެ ހަދު ދަރިފުޅަށް ނަން ކިޔައިފި އެވެ.

ކަރީނާ ދެވަނަ ދަރިފުޅު ވިހެއީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. މިއަދާއި ހަމައަށް ކުއްޖާގެ ފޮޓޯއެއް އާންމުކޮށްފައި ނުވާއިރު ކުއްޖާއަށްކިޔާ ނަންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކަރީނާ ފަހުން ބުނެފައިވަނީ އެ ކުއްޖާއަށް އަދި ނަން ނުކިޔާ ކަމަށާއި ކިޔާނެ ނަމަކާއި މެދު ދެފަރާތު އާއިލާއިން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިއަދު އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ ކަރީނާ ދަރިފުޅަން ނަން ކިޔާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ކުއްޖާ އާއި މިހާރު މުހާތަބު ކުރަނީ "ޖެހް" ކިޔައިގެން ކަމަށެވެ.

ޖެހް އަކީ ލެޓިނުން ބްލޫ ޗްރެސްޓް ދޫންޏެވެ. މި ނަމަކީ ލޯބިން ކިޔާ ނަމެއް ކަމެއް ނުވަތަ އަސްލު ކުއްޖާގެ ނަންކަން އަދި ކަށަވަރެއް ނުވެ އެވެ.

ސައިފް އާއި ކަރީނާ އަކީ ދަރިންނަށް ނަން ކިޔުމުގައި ބުރަ މަސައްކަތްތަކެއް ކުރާ ބައެކެވެ.

ފުރަތަމަ ދަރިފުޅު ތައިމޫރަށް އެންމެ ފުރަތަމަ ކިޔަން އުޅުނީ ފާއިޒް އެވެ. އެކަމަކު އެ ނަމާއި ކަރީނާ ހިތް ހަމަ ނުޖެހުމުން ބަދަލު ކުރިއިރު ސައިފްގެ ޝަރުތަކީ އޭނާގެ ދަރިއަށް މުސްލިމް ނަމެއް ކިޔުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް