މަރުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ފޮޓޯއިން ފެންނަ، ކ. މާލެ، ދަފްތަރު ނަމްބަރު ދރ 1475، އަޙްމަދު ރިޒާމް (25އ) އަކީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މަރުގެ މައްސަލައެއްގެ ތަޙުޤީޤަށް ހޯދަން ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
އަޙްމަދު ރިޒާމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް