ފީފާ ކޮކާކޯލާ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖެއަށް 2 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
ދެ ދަރަޖައިގެ ކުރިއެރުމާއެކު ރާއްޖެ އޮތީ ރޭންކިންގެ 176 ވަނައިގައެވެ. އޭޝިއާ ސަރަހައްދުން ރާއްޖެއަށް 38 ވަނަ ލިބޭއިރު ސާކް ސަރަހައްދުން ރާއްޖެއަށް ލިބެނީ ހަ ވަނައެވެ.
ސާކް ސަރަހައްދުން މި މަހު އެއްވަނަ ލިބެނީ އަފްގާނިސްތާނަށެވެ. އެގައުމު އޮތީ 17 ދަރަޖައިގެ ކުރިއެރުމަކާއެކީ، ރޭންކިންގެ 134 ވަނައިގައެވެ. ދެވަނައިގައި އޮތީ މީގެކުރިން މި ސަރަހައްދުގެ އެއްވަނައިގައި އޮތް އިންޑިއާއެވެ.
ސާކް ސަރަހައްދުގެ ދެވަނަ އިންޑިއާއަށް ލިބޭއިރު، އެ ގައުމު އޮތީ 15 ދަރަޖައިގެ ވެއްޓުމަކާއެކީ ރޭންކިންގެ 156 ވަނައިގައެވެ. އިންޑިއާއަކީ މި ސަރަހައްދުން މިފަހަރު އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނު ގައުމުވެސް މެއެވެ.
7 ދަރަޖައިގެ ވެއްޓުމަކާއެކީ ރޭންކިންގެ 166 ވަނައާއެކު މި ސަރަހައްދުގެ ތިންވަނަ މަގާމު ބޫޓާންއަށް ލިބޭއިރު، ހަތަރުވަނަ ލިބެނީ ބަންގްލަދޭޝްއަށެވެ. 2 ދަަރަޖައިގެ ވެއްޓުމަކާއެކީ ރޭންކިންގެ 172 ވަނައިގައި ޕާކިސްތާން އޮތްއިރު، އެގައުމަށް ލިބެނީ މި ސަރަހައްދުގެ ފަސްވަނައެވެ.
2 ދަރަޖައިގެ ކުރިއެރުމަކާއެކީ މި ސަރަހައްދުގެ ހަވަނައިގައި ރާއްޖެ އޮތްއިރު، މި ސަރަހައްދުގެ 7 ވަނައިގައި، 3 ދަރަޖައިގެ ކުރިއެރުމަކާއެކީ އޮތީ ސްރީލަންކާއެވެ. އެގައުމު އޮތީ ރޭންކިންގެ 183 ވަނައިގައެވެ.
މި ސަރަހައްދުގެ ފުލުގައި 2 ދަރަޖައިގެ ވެއްޓުމަކާއެކީ އޮތީ ނޭޕާލްއެވެ. އެގައުމު އޮތީ، ރޭންކިންގެ 185 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް