ފަތުރުވެރިއެއްގެ ވޮލެޓް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއަށް ދިޔަ ފަތުރުވެރިއެއްގެ ވޮލެޓް ފޭރިގަތް ދެ ދިވެއްސަކު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަ...

09 Jul 2015 | 11:53

ހުޅުމާލެއަށް ދިޔަ ފަތުރުވެރިއެއްގެ ވޮލެޓް ފޭރިގަތް ދެ ދިވެއްސަކު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހުޅުމާލެ މިސްކިތް ޕާކް ތެރޭގައި އެ މީހުންގެ ޢަމަލުތައް ހުރިގޮތުން ތުޙުމަތު ކުރެވިގެން އެވަގުތު އޯފް ޑިއުޓީގައި ހަރަކާތްތެރިވި ތިން ފުލުހެއްގެ މަސައްކަތުން ކަމަށާއި އިއްޔެ 18:30 ހާއިރު، އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު އެކެއްގެ ޖީބުން 1090 ޔޫ.އެސް ޑޮލަރާއި 150 ދިވެހި ރުފިޔާ ފެނިފައި ވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެނެސް ހުޅުމާލެ ޕޮލިސް ސްޓޭޝަންއަށް ޙާޟިރު ކުރި ވަގުތު، ފަތުރުވެރިއެއްގެ ވޮލެޓް ފޭރިގަނެގެން އެ މައްސަލަ ހުށަހެޅުމަށް އެ ފަތުރުވެރިޔާ ވަނީ ހުޅުމާލެ ޕޮލިސްއަށް ޙާޟިރުވެ މައްސަލަ ހުށަހަޅާފައި ކަމަށާއި ފޭރުމުގެ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި ދެމީހުންނަކީވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް