މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ފުރަގަސް ފަރާތުން މަސްތުވާތަކެތި ފެނިއްޖެ

ވައްކަމުގެ މައްސަލައެއްގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ރައްކާ ކޮށްފައި ވަނިކޮށް ފެނިއްޖެއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން...

09 Jul 2015 | 11:47

ވައްކަމުގެ މައްސަލައެއްގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ރައްކާ ކޮށްފައި ވަނިކޮށް ފެނިއްޖެއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ހެންވޭރު ގެއަކަށް ވައްކަން ކުރަން މީހަކު ވަދެ އުޅޭ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ގަލޮޅު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންގޮސް އެގޭތެރޭގައި އެމީހާ ހުއްޓައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު 16 ޕެކެޓް ފެނިފައި ވަނީ އޭނާގެ ފުރަގަސް ފަރާތުގައި ރައްކާކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 91 ފަހަރު ސުވާލުކޮށް 27 ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 20 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް