އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރި މޯލްޑިވިއަން ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަނބުރާ އައިސް އެއެއާޕޯޓްގައި އިމަޖެންސީކޮށް ޖައްސައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ، މިއަދު 1:00 ޖަހާ އެހާކަންހާއިރު މާލެ އިން ތިމަރަފުއްޓާއި ކައްދުއަށް ފުރި މޯލްޑިވިއަން ބޯޓުގެ ހައިޑްރޯލީކް މައްސަލައެއް ދިމާވެގެން ފުރިތާ 20 އަކަށް މިނެޓް ފަހުން އަނބުރާ އައިއެންއައިއޭގައި ޖައްސާފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި ފުލައިޓަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އިރުރަށް ނަޝާތު ވިދާޅުވީ އެ ފްލައިޓުން ދަތުރު ކުރި ފަސިންޖަރުން މޯލްޑިވިއަންގެ އިތުރު ފްލައިޓެއްގައި މިހާރު ފުރުވާލާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް