އިންތިޒާރު - 19 ވަނަބައި

"ހާލަތާ އެއްގޮތަށް އިންސާނާ ބަދަލުވުމަކީ ކުރަންޖެހޭކަމެއް" ޝާނީ ބުންޏެވެ. " އަހަރެންގެ ބާރުގެ ދަށުގައި ހިނގާ ހުރިހާކަމެއް މިހާރު ބަދަލުކުރަން މަސައްކަތް ކުރަމުން މިދަނީ.. ބައެއް ކަންތައް ތަކަކީ ކިތައް...

09 Jul 2015 | 10:30

"ހާލަތާ އެއްގޮތަށް އިންސާނާ ބަދަލުވުމަކީ ކުރަންޖެހޭކަމެއް" ޝާނީ ބުންޏެވެ. " އަހަރެންގެ ބާރުގެ ދަށުގައި ހިނގާ ހުރިހާކަމެއް މިހާރު ބަދަލުކުރަން މަސައްކަތް ކުރަމުން މިދަނީ.. ބައެއް ކަންތައް ތަކަކީ ކިތައްމެ ވަރަކަށް ބަދަލުކުރަން އުޅުނަސް ބަދަލު ކުރެވޭ ކަންތަކެއްނޫން... ބައެއްފަހަރު އެއީ އިހުތިޔާރުން ބޭރުގައި ވާ ކަންތައްތަކެއް"

"ރަނގަޅު ވާހަކައެއް" ނިހާން ކުޑަކޮށް ވިސްނާލަމުން ބުންޏެވެ. "އަހަރެންގެވެސް ހިތަށްއަރާ ސްކޫލް އުޅުނު ދުވަސްވަރު އަބުރާ އަންނާނެނަމައޭ" ޝާނީ ދެއްކިވާހަކަ ނިހާން އަށް ވިސްނުނު ގޮތަށް ރައްދުދިނެވެ. ނިހާންގެ މިޖަވާބުން ޝާނީގެ ހިތަށް އިތުރު ލޮޅުމެއްގެނުވިއެވެ. އޭނާއަށް ނިހާންގެ މޫނަށް ބަލާލެވުނެވެ. އަދި ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. އެއާއެކު ޝާނީއަށް އިސްޖަހާލެވުނެވެ.

"ޝާނީ އަހަރެންނާއި ރައްޓޭހިވާން ވީނު" ޖެހިލުންވެފައި ހުރެ ނިހާން ބުންޏެވެ. ލަދަކާހުރެ އޭނާގެ ހިތުގައިވާ ތަދު ނުފިލާނެކަން އޭނާއަށް އެނގެއެވެ. އޭނާގެ މިވަގުތު ހާލަތުވެސް އޭނާއަށް އެނގެއެވެ. އޭނާގެ ހިތުން ފައިނާޒްގެ ހަނދާން ފިލާގެން ނުދެއެވެ. ނަމަވެސް ޝާނީ ފެނުނުފަހުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ޝާނީ އާއި ގާތްވެލަން ހިތް އެދެއެވެ. ޝާނީގެ އަތާއި އަތްޖޯޑު ކޮށްލަން އޭނާ ބޭނުންވެއެވެ.

ޖެހިފައިވާ އިސް ޝާނީއަށް އުފުލާލެވުނެވެ. އަދި ނިހާންގެ މޫނަށް ބަލާލިއެވެ. ނިހާން އާދޭހުގެ ރާގަކަށް ޝާނީގެ މޫނަށް ބަލާލިއެވެ. ނިހާންގެ މިޖުމަލއިން ނިހާންވެސް އަދިވެސް އިންތިޒާރު ކުރަމުން ގެންދަނީ ޝާނީއަށްކަން ޝާނީއަށް ޔަޤީން ކުރެވުނެވެ. ޝާނީގެ ހިތުގައި ނިހާންއަށް މިހާ ބޮޑު އިތުބާރެއް އުފެދުނީ ކީއްވެގެން ކަމެއް ހުދު ޝާނީއަށްވެސް ނޭގެއެވެ.

ޝާނީ ވަކި ޖަވާބެއް ނުދެއެވެ. އޭނާ ކަމަކީ ވިސްނަނީކަން ނިހާންއަށް އެނގުނެވެ. "އަނެއްކާ ޝާނީގެ ބިޓެއް ހުންނަނީތަ" ނިހާން ސުވާލުކުރިއެވެ.

"އަހަރެންގެ އެބައޮތް ޝަރުތެއް" ޝާނީ ހަރުދަނާ ފާޑަކަށް ބުންޏެވެ. "އަހަރެން ބޭނުން ވީހާވެސް އަވަހަކަށް މެރީކުރަން" ކުރިން ފަހަރުހެން ނިހާން ގެއްލިދާނެތީ ޝާނީ ބިރުގަތީކީ ނޫނެވެ. އޭނާގެ އަނދިރި ފަރާތުގެ ފަރުދާ އެއްކޮށް ކަހާލަން އޭނާ ބޭނުންވަނީއެވެ. އޭނާގެ ދިރިއުޅުން ބަދަލުކުރަން އޭނާ ބޭނުންވަނީއެވެ.

"ތީގެ މާނައަކީ ޝާނީ އޯކޭ އޭދޯ" ނިހާން ޝާނީގެ އަތުގައި ހިފާލިއެވެ. އަދި ޝާނީގެ ލޮލަށް ނަޒަރު ހިންގާލިއެވެ. "އަހަރެންނަށް އެނގޭ ކުރިން ކަންތައް ވީގޮތުން ޝާނީއަށް އަހަންނަށް އިތުބާރު ނުކުރެވޭނެކަން.. އެކަމަށްޓަކައި ވަރަށް ސޮރީ... އެދުވަސްކޮޅު އުޅެންޖެހުނު ލެއް ބުރަކަމުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ... މިހާރު ވަރަށް ދެރަވޭ އެހެން ކަންތައް ކުރެވުނީމާ.. ފާއިތުވި ދިޔަ ހުރިހާ ދުވަހުވެސް ވަރަށް ހަނދާންވި އެކަމަކު ހަމަ ގުޅާލަންވެސް ނުކެރުނީ... ޝާނީ ވާހަކަ ނުދައްކާފާނެތީ... އެކަމަކު ޝާނީ ފެނި ހިނިތުންވެލުމުން އެނގިއްޖެ ޝާނީވެސް އަހަރެންދެކެ އަދިވެސް ލޯބިވާކަން"

"މިއޮތްހައި ދުވަހުވެސް އަހަރެންނަށް ހަނދާން ނައްތާ ނުލެވުނު އެއްޗަކީ ނިހާންގެ ލޯބި" ޝާނީވެސް ނިހާންގެ އިޝްގުގައި ހަމަރަނގަޅަށްވެސް ޖެހިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ނިހާން އަކީ އޭނާގެ އަލަތު ލޯތްބެވެ. "ނިހާން އަކަށް ނޭގޭނެ އަހަރެން ނިހާންއަށް އިންތިޒާރު ކުރިވަރެއް... އަހަރެން އުއްމީދުވެސް ނުކުރަން ނިހާން އަހަންނަށް އަނބުރާ ލިބޭނެކަމަކަށް... އަހަންނަށް އެއްވެސް މީހަކު ކައިރީ ނިހާންގެ ވާހަކަ އަހާލަންވެސް ނުކެރުނު... އެހެންވެ ނިހާން އުޅެނީ ކޮންތަނެއްގައިކަންވެސް ނޭގުނީ"

"ބުނެއެއްނު ހަޤީޤީ ދެލޯބިވެރިން ކޮންމެސް ދުވަހަކުން ދިމާވާނޭ" ނިހާން އިޝްގީގޮތަކަށް ބުނެޏެވެ. ނިހާންގެ ކޮންމެ ހަރާކަތަކަށް ޝާނީ ލެނބެމުންދިޔައީ ވައިރޯލިއެއްގެ ބާރުން ހުޅުކޮޅެއް ލެނބިލާގޮތަށެވެ. "އަހަރެންބޭނުން ވިހާވެސް އަވަހަކަށް ޝާނީ އާއި މެރީކުރަން"

ޝާނީއަކަށް އެރެއަކު ނުނިދުނެވެ. ނިހާންގެ ޖުމްލަތައް ޝާނީގެ ހިތުގައި ބިންވަޅުނަގަމުން ދިޔައެވެ. ނިޒާމް މިރޭ ނާންނާނެކަން ޝާނީއަށް އެނގެއެވެ. ރޭގެ ހަމަލާއަށްފަހު އޭނާ ތަންކޮޅެއް މައިތިރިވެފައިވާކަން ޝާނީއަށް ފާހަގަ ކުރެވުނެވެ. ރޭގައި އޭނާއަށް އެފަދަ ހިއްވަރެއް ލިބުނީތީ އޭނާ މިހާރު އުފާވެއެވެ. ނުލަފާ ކެހިވެރިންގެ އަތްދުގައި އެހެން އަންހެންކުދިންހެން ފަނާވެގެން ދާން އޭނާގެ ނިހާންގެ ފަށުވިޖުމަލަތައް އޭނާގެ ހިތުގައި ރަސްކަން ކުރަމުންދިޔައީ އެހެންވެގެން ކަމުގައިވެދާނެއެވެ. އެރޭ ހަމްޒާގެ ހަނދާންތަކެއްވެސް އޭނާގެ ހިތުގައި ވިކާލައެވެ. އޭނާ ހަމްޒާ އާއި ކައިވެނި ނުކުރީ ތަގުދީރުގައި ނިހާން ލިބެން އޮތުމުންކަން ޝާނީއަށް ގަބޫލުކުރެވުނެވެ.

ފޮނި ހިޔާލުތަކުގައި އޮއްވާ ޝަނީއަށް ނިދުނެވެ.

ޝާނީގެ ކޮޓަރީގެ ދޮރު މަޑުމަޑުން ނިޒާމް ހުޅުވާލިއެވެ. ކޮޓަރީގައި ދިއްލާފައިފައިވާ ފަނޑުއަލީގައި އަރާމު ނިންޖެއްގައި ޝާނީ ނިދާފައި އޮތްތަން ނިޒާމްއަށް ފެނުނެވެ. މަޑުމަޑުން އެތެރެއަށްވަދެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި މަޑު ފިޔަވާލުތަކެއްގައި ޝާނީ އާއި ދިމާއަށް ހިނގައިގަތެވެ. ރޭގެ ހާދިސާ އޭނާގެ ހިތުން އެއްކޮށް ފިލާގޮސްފައިވާ ކަހަލައެވެ. ޝާނީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމާއެދު އެނާގެ ހިތަށްވެސް ވެރި ނުވާފަދައެވެ.

އެނދުކައިރި އަށް ހުއްޓުމަށްފަހު ނިޒާމް ޝާނީގެ މޫނަށް ބަލާލިއެވެ. އެރީތިމޫނުން މަސްތުވީއަދާތަކެއް އޭނާއަށް ފެނުނުކަހަލައެވެ. މަޑުމަޑުން އެދުކައިރިއަށް ތިރިވެލާ ޝާނީގެ މޫނުގައި އަތް ފިރުމާލިއެވެ. އަދި މޫނުމައްޗަށް އެޅިފައިތޮ އިސްތަށިގަނޑު ރީތިކޮށްލިއެވެ.

ޝާނީއަށް ހޭލެވުނީ ދެނެވެ. ހޭލެވުމާއެކު އޭނާ ފުންމައިގެން ތުދިވިއެވެ. ނަމަވެސް ނިޒާމްވެސް ހުރީ މިރޭ ހުޝިޔާރުވެގެންނެވެ. އެހާ ފަސޭހައިން މިރެގެ ފުރުސަތު ގެއްލޭކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ގަދަކަމުން ޝާނީ ގެނެސް އެދުގައި ބޭއްވިއެވެ. ޝާނީ ހަޅޭލަވައިގަންނަން މަސައްކަތް ކުރުމުން އެކަންވެސް ކާމިޔާވބު ވިޔަކު ނިޒާމް ނުދިނެވެ. "ކަލޭކައިރީގެ ބުނީމެއްނު މަބުނާގޮތް ހަދައިގެންނޭ މިގޭގައި އުޅެވޭނީ" ނިޒާމް ޝާނީގެ ކަންފައް ދަށުގައި މަޑުމަޑުން ބުންޏެވެ. "އެހެންނޫނީ މާދަމާވެސް ޖެހިދާނެ މިގެއިން ނިކުމެގެން ދާން"

ހޭލެވުނު އިރު ނިޒާމް އެނދުގައި ނެތުމުން ނާހިދާ ހައިރާންވިއެވެ. ފާހާނާގެ ބޮކިވެސް ހުރީ ނިވާލާފައެވެ. މިގަޑީގައި ނިޒާމް އެނިކުތީ ކޮންތާކަށް ކަމެއް ނާހިދާއަކަށް ނުވިސްނުނެވެ. ލޮލުގައި ފުނިޖެހިފައިވާ ނިދި ކުއްލިއަކަށް ފިލާދިޔަކަލައެވެ. އަވަސް އަވަހަށް އެދުންތެދުވިއެވެ. ސިޓިން ރޫމަށް ނިކުމެ ނިޒާމް ކޮބައިތޯ ހޯދާލިއެވެ. އަދި ސިޓިން ރޫމުގެ ބޮކިދިއްލާލިއެވެ. ސިޓިން ރޫމުގެ މޭޒްމަތީގައި ނިޒާމްގެ ފޯނު އޮތެވެ. ނާހިދާ ފުރަތަމަވެސް ވިސްނީ ސިޓިންރޫމުގައި މަޑުކޮށްލާށެވެ. އިރުކޮޅެއްފަހުން އޭނާ އަންނާނެހެން ނާހިދާއަށް ހީވީއެވެ. ސޯފާގައި އޭނާ އިށީނީ އެހެންވެގެންނެވެ.

ބިރުން މަރުވާވަރުވެފައިވާ ޝާނީ ނިޒާމްްގެ ވަކިތަކުން ސާލާމަތްވެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. ނިޒާމްގެ މަސްތުކަން އަދިވެސް ފިލާދިޔަހެނެއް ހީއެއްނުވެއެވެ. ނިޒާމް އުޅުނީ އޭނާ ގެނައި ވާނގަޑުން ޝާނީގެ އަތް ބަންނާނެވެ. އަދި ގަދަކަމުން ޝާނީ ގެނެސް އޭނާގެ އުނގުތެރެއަށް ލުމަށްފަހު އޭނާގެ އަތްބަންނަން މަސައްކަތްކުރިއެވެ. ބަންނަން އުޅުމުގެ ތެރޭގައި ނިޒާމްގެ އަތް ޝަނީގެ އަނގަމަތިން ދޫވިއެވެ. ދަނޑިވަޅުބާލާފައި ޝާނީ ކަރަށް ލެވުނު އެއްމެ ބާރެއްލާފައި ނާހިދާއަށް ހަލޭލަވަން ފެށިއެވެ.

ސިޓިންރޫމުގައި އިން ނާހިދާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. އިށީންދެ އިން ސޯފާއިން ފުންމައިގެން ތެދުވިއެވެ. އަދި ޝާނީގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަންފެށިއެވެ.

"ދަރިފުޅާ" ނާހިދާ ހާސްވެފައި ދޮރުގައި ތަޅަންފެށިއެވެ. ކުއްލިއަކަށް ޝާނީގެ އަޑުހުއްޓުނެވެ. މީހަކު ގަދަކަމުން އޭނާގެ އަޑުހުއްޓުވާލީހެން ނާހިދާއަށް ހީވިއެވެ. "ދަރިފުޅާ ކިހިނެއްވީތަ"؟ ނާހިދާ ހާސްވެފައި ބުންޏެވެ. "ދޮރުހުޅުވަބަލަ ދަރިފުޅާ"

ކުއްލި އަޑުފައްގަނޑަކަށްފަހު މުޅި ކޮޓަރި އެއްކޮށް މައިތިވި ކަހަލައެވެ. ނާހިދާއަށް މި ވެގެން އުޅޭގޮތް ދެނެގަންނާކަށް ނޭގުނެވެ. މުޅިން އަޑު މަޑުވެފައި އިރުކޮޅަކު އޮތުމަށްފަހު އަނެއްކާ ޝާނީގެ ރުއިމުގެ އިވެން ފެށިއެވެ. "ދަރިފުޅާ.. ޝާނީ.. ކިހިނެއްތާވީ.. ދޮރުހުޅުވަބަލަ"

އިރުކޮޅަކުން ގޭގެ ބޭރު ދޮރު ހުޅުވާލާފައި ގޭތެރެއަށް ވަނީ ނިޒާމް އެވެ. އޭރު ނާހިދާ ހާސްވެގެން ގޮސް ހުރީ ހަދާނެގޮތް ހުސްވެފައެވެ.

"ކިހިނެއްވީތަ ނާހީ" އަވަސް އަވަހަށް ނިޒާމް ސުވާލުކުރިއެވެ. "ކީއްވެތަ ޝާނީ އެހާ ބާރަށް އެ ހަޅޭލަވައިގަތީ"

"ނޭގެ ވީގޮތެއްވެސް...." ނާހިދާ ހާސްވެފައި ކިޔާދޭންފެށިއެވެ. "އަހަރެންވެސް ނިޒާމް ހޯދަން ބޭރަށް ނިކުނިކުތްގަޑީގައި އޭނާ މާބަރަށް ހަޅޭލަވައިގަތް އަޑުއިވުނީ... ހީވަނީ ކޮންމެވެސް ބޮޑުކަމެއްވެއްޖެހެން... ނިޒާމޫ... އެމަންޖެއަށް ކިހިނެއްތަ އެވަނީ" ނާހިދާ ހާސްވެފައި ހުރިވަރުން އޭނާ ބޭރަށް ނިޒާމް ހޯދަން ނިކުތް ނިކުތުން ހަނދާން ނެތުނުކަހަލައެވެ.

"ކޮބާތަ ކޮޓަރި ތަޅުދަނޑިި؟" ނިޒާމް ހާސްވެފައި އެހިއެވެ. "އަހަރެން އަންނާނަން ތަޅުދަނޑި ހިފައިގެން" ނިޒާމް ބާރު ސްޕީޑުގައި އޭނާގެ ކޮޓަރިއަށް ވަނެވެ.

ޝާނީ ގިސްލާ ރޯއަޑު ކަނޑައިގެނެއް ނުދެއެވެ. ނާހިދާގެ ހާސްކަން އިންތިހާއަށް ހުރީ އިތުރުވެފައެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް