އެމްޕީ ނާޒިމަށް ނުވެސް ހިނގޭ، ވާހަކަ ދެކެވެނީވެސް ކިރިޔާ: މަހްލޫފު

މަކަރާއި ހީލަތުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމަށް ނުވެސް ހިނގޭ ކަމަށާއި ވާހަކަ ދެކެވެނީވެސް ކިރިޔާ ކަމަށް ގަލޮޅު ދެކުނ...

09 Jul 2015 | 09:36

މަކަރާއި ހީލަތުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމަށް ނުވެސް ހިނގޭ ކަމަށާއި ވާހަކަ ދެކެވެނީވެސް ކިރިޔާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/AhmedMahloof/status/619074189304070144

މަހްލޫފް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު ނާޒިމަށް ފަރުވާ ދިނުމަށް އިއްޔެ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކަރެކްޝަންސްއިން އިއްޔެ ބުނީ ނާޒިމް އައިޖީއެމް ހޮސްޕިޓަލަށް ގެނައީ އައްސޭރިޖަލުގައި ހުރި ޑޮކްޓަރު މާފުށީ ޖަލަށް ބަދަލުކުރުމުން އައްސޭރިޖަލުގައި ފަރުވާދެވޭނެ ގޮތެއް ނެތިގެން ކަމަށެވެ.

ނަމަވެސް ނާޒިމަށް އިއްޔެ ފަރުވާދިނީ ކޮން ސަބަބަކާހުރެކަން އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް